English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސާލިމް ޚާން، އަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފިއެވެ.

އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑިޖަހައި، މަރާލި ގޭންގުން ވަނީ 2018 ވަނަ އަހަރު ސަލްމާން މަރާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ހެނދުނު ސަލްމާންގެ ބައްޕަ ހިނގާލަން ނުކުމެ އުޅެނިކޮށް އޭނާ އަށް ވަނީ ކާކުކަން ނޭނގޭ މީހަކު ފޮނުވި ސިޓީއެއް ލިބިފައެވެ، އެ ސިޓީ ފެނުނީ ބެންޗެއްގެ މަތީގައި އޮއްވާ ސާލިމްގެ ސެކިއުރިޓީ އޮފިސަރަކަށެވެ. އެ ސިޓީގައި ވަނީ ސީދޫ އަށް ކޮށްލިވަރު އެ މީހުންނަށް ވެސް ކޮށްލާނެކަމަށް ބުނެ މަރުގެ އިންޒާރުދީފައެވެ.

އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ސަލްމާން އާއި އޭނާގެ ބައްޕައަށް ދިން މަރުގެ އިންޒާރާ އެކު އެގޭގެ ސެކިއުރިޓީ ފުލުހުން ބަލަމުން އަންނައިރު ސަލްމާންގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.