English Edition
Dhivehi Edition

ރާއްޖެ އިން އިތުރު 157 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 157 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 3122 މީހަކުވަނީ އިއްޔެ ކޮވިޑް ޓެސްޓް ހަދާފައެވެ.

އެޗްޕީއޭގެ ތާފްސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 71 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 72 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންގެ އިތުރުން ސިނާއީ ރަށްރަށުން ޕޮޒިޓިވްވި ދެ މީހުންނެވެ.

މިވަގުތު ރާއްޖޭގައި 2،735 މީހުންނަށް ބަލިޖެހިފައި ތިބިއިރު، އޭގެ ތެރެއިން 68 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓްލަގައެވެ.

އިއްޔެ ރާއްޖެއިން 100 މީހުން ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 70 މީހުން ވަނީ މަރުވެފަ އެވެ.