English Edition
Dhivehi Edition
ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހަކު ވަޅުލުމަށް ގެންދިއުން-ފޮޓޯ ސޯޝަލް މީޑީއާ

ކޮވިޑް-19ގައި މިއަދު އިތުރު މީހަކު ނިޔާވެ ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު 260 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހަކު މިއަދު މެންދުރު 2:02ގައި ނިޔާވެފައިވާ ކަމަށެވެ. މިއަދު މިބަލީގައި ނިޔާވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު އެވެ.

އެމަނިކުފާނު ނިޔާވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ. ރާއްޖޭގައި ކޮވިޑް-19 ގައި މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 243 ދިވެހީންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުއެވެ.

ޓެގު