English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕީއެސްއެމް

އިއްޔެ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 203 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވީ މާލެއިން 115 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން 70 މީހުންނާއި، ރިޒޯޓުތަކުން 18 މީހުންނެވެ.

ރާއްޖެއިން ޖުމްލަ 26348 މީހުންނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބީ 2678 މީހުންނެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 60 މީހަކަށް ފަރުވާ ދެމުން އަންނައިރު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 70 މީހުންނެވެ.