English Edition
Dhivehi Edition
-ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޕީޕީއެމްއަށް ކުޑަ ފަރަގުން ކާމިޔާބުވެފައި ހުރި ގޮނޑިތަކަށް، ނޫފޫޒު ފޯރުވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އިންތިހާބުގެ ނަތީޖާއަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ.

ސަރުކާރުން ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާއަށް ނުފޫޒުފޯރަވާ ކަމަށް ތުހުމަތުކޮށް ހީނާ ވިދާޅުވީ މިކަންކަމާއި ގުޅިގެން ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި މިފަދަ މައްސަލަތަކެއް ކޯޓަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް ހީނާ ވިދާޅުވިއެވެ.

އިތުރަށް ހީނާ ވަނީ ވޯޓުން ވައްކަން ކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުން އަދި ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވައިގެން ނަތީޖާ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ.