English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ - ފޮޓޯ: ޓްވިޓާ (ޕީޕީއެމް)

ކޮވިޑް-19އާ ގުޅިގެން ކަރަންޓީންކޮށްފައިވާ މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީ އިން ބުނީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ކަރަންޓީނުވެފައިވާ ފަރާތްތަކުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00 އަށް ކަމަށެވެ. އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޟިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޟިރުވުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށް އީސީން ވަނީ ބުނެފައެވެ،

މާދަމާ ހެނދުނު 07:00 އިން 17:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އަދި ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 10 އެޕްރީލް 2021 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުގައިވާ ފަރާތްތަކާ ބެހޭ މަޢުލޫމާތު، 08 އެޕްރީލް 2021 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރީން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހެއެވެ.

މީގެ އިތުރުން އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ ފަސްގަޑިއިރުގެ ކުރިން އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މަޢުލޫމާތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން ޢައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގާންޖެހެއެވެ.

ކޮވިޑާ ގުޅިގެން އެކަހެރިކޮށްފައި ތިބި މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް، ހާއްސަ ފިޔަވަޅުތަކަކާއެކު ވޯޓުލާން ދިއުމުގެ ހުއްދަ، އިއްޔެވަނީ ދީފައެވެ.