English Edition
Dhivehi Edition
އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި އައްޑޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ އައްޑޫ ސިޓީ ފޭދޫ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިކަމާއި ގުޅިގެން އަދި ކަމާއި ބެހޭ އިދާރާތަކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާއިރު މިހާރުވެސް އައްޑޫ ހޯމް ކަރަންޓީންގައި ތިބި ބަޔަކުވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ހޯމްކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 14 މީހަން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކަކުވަނީ ކަރަންޓީނު އުސޫލާ ހިލާފްވެފައެވެ.

މީގެ ކުރިންވެސް އައްޑޫ އިން ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.