English Edition
Dhivehi Edition

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ހަލުވިމިނުގައި ކުރިއަށް ގެންގޮސް 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ،

މިއަދު އައްޑޫ ސިޓީ މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާދަމް އާޒިމް ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުކުރެވި ހުރި ކަންކަން ކުރުމުގެ ޒިންމާ އުފުލަންޖެހިފައި އޮތީ މި ސަރުކާރަށް ކަަމަށެވެ. އެހެންކަމުން ރައީސް ބޭނުންވާ ހަލުވި މިނުގައި މަސައްކަތް ކުރިއަށްގެންދިޔުން އެއީ އެމްޓީސީސީން އެންމެ އިސްކަންދޭ ކަންތައް ކަމުގައި އާދަމް އާޒިމްވަނީ ފާހަގަކޮށްފައެވެ. އިތުރަށް އާދަމް އާޒިމްވަނީ އެމްޓީސީސީން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފައި އޮންނަ ދުވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ މިހާރުވެސް އެމްޓީސީސީން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 4 މަޝްރޫއެއް ކުރިއަށް ގެންދާކަމަށާއި އަދި އިތުރު 3 މަޝްރޫޢު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2020ގައެވެ.

މި މަޝްރޫޢުގެ ދަށުން، 848,1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި
މަޝްރޫޢަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށާފައިވަނީ 25 މާރޗް 2021 ވަނަ ދުވަހުއެވެ.