English Edition
Dhivehi Edition

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ސ. ހުޅުދޫމީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ އާއި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒު އަލީ އާއި އައްޑޫ ސިޓީގެ މޭޔަރ އާއި، އެމްޕީއެލްގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 30 އޮކްޓޯބަރު 2019 ގައެވެ.

މި މަސައްކަތުގެ ދަށުން، 380,471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 788,1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.