މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީ އިން 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައަކަށް މުވައްޒަފުން ހޯދަމުން ދަނީ 3 މަގާމަށެވެ. އެއީ
އެމްޓީސީސީއިން ބުނީ ޓެކްނިކަލް އެސިސްޓެންޓުންގެ މުސާރައަކީ 10،000 ރުފިޔާ ކަމަށާއި ކާޕެންޓާ އަދި މޭސަންގެ މުސާރައަކީ 11،400 ރުފިޔާ ކަމަށެވެ. މީގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ސްޓާފް މެޑިކަލް އިންޝުއަރެންސްގެ އިތުރުން ޕެންޝަން ސްކީމް އަދި ކެއުމާއި ހުރުމުގެ އިންތިޒާމް އެމްޓީސީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ރޭ 11:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.