English Edition
Dhivehi Edition

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީ އިން މީޑިއާ އަށް ބުނީ ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މީގެ އިތުރުން 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުނެއެވެ.

މި މަޝްރޫޢަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.