English Edition
Dhivehi Edition
ހުޅުމީދޫ ޕޮލިސް ސްޓޭޝަން ފޮޓޯ: އީމާން އަބްދުﷲ

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ މީދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 8:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި މާރާމާރީ ހިންގާފައި ވަނީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި ކަމަށާއި މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމަތު ދެއްވައެވެ.

މާރާމާރީއާއި ގުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު މި ވީޑިއޯއެއްގައި މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ. އެވީޑިއޯގައި އެކަކު މަގުމައްޗަށް ވައްޓާލާ އަނެކަކު އެ މީހާއަށް އަނިޔާ ކުރަމުންދާ މަންޒަރު ފެނެއެވެ.

އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި މިދިޔަ އަހަރުގެ ފަހުކޮޅު މާރާމާރީތައް އިތުރުވުމުގެ ސަބަބުން ފުލުހުން ޚާއްޞަ އޮޕަރޭޝަންތައް ހިންގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރިއެވެ.

ޓެގު