English Edition
Dhivehi Edition
ވެލާނާ ބިލްޑިންގް --- ސަން ފައިލް ފޮޓޯ

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރޯދަ މަހު ދޭންޖެހޭ ހާއްސަ އިނާޔަތް، ނުލިބޭ ކަމުގައިވާ ނަމަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން އެދިއްޖެއެވެ.

ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދޭންޖެހޭނެ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުން ވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އިން ވަނީ އެދިފައެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ ނުލިބޭ ކަމުގައިވާ ނަމަ، އެމައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ރޯދަ އިނާޔަތާއި ގުޅިގެން މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ވެބްސައިޓު ނުވަތަ އެ އިދާރާއަށް ވަޑައިގެން މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.