ރާއްޖެ އިން އިތުރު 121 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކުރި ތަފާތު ހިސާބުތަކަށް ބަލާލާއިރު މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން 121 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިއަދު 105 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 46 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހަކާއި ސިނާއީ ބޭނުންތަކަށް ބޭނުންކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 13 މީހުން ނެވެ.
މި ވަގުތު، ރާއްޖޭގައި ކޮވިޑް ޖެހިފައި 2728 މީހުން ތިބިއިރު އޭގެ ތެރެއިން 93 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 66 މީހުން ވަނީ މަރުވެފަ އެވެ.