English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އާމިރު ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އޭނާގެ ސްޕޯކްސްޕާސަން ބުނީ މި ވަގުތު އާމިރު ހުރީ ސެލްފް ކަރަންޓީނުގައި ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކަށް އާމިރު އަމަލުކުރަމުން އަންނަކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވި ދުވަސްތަކުގައި އާމިރު އާއި ބައްދަލުވި ފަރާތްތަކުން ކޮވިޑަށް ޓެސްޓުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާޒްކޮށްފައެވެ.

އާމިރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން “ފޮރެސްޓް ގަމްޕް”ގެ ހިންދީ ރީމޭކް ‘ލާލް ސިންހް ޗައްޑާ’ އިންނެވެ. މި ފިލްމުގައި އާމިރު އާއި އެކު ލީޑް އަންހެން ތަރިއެއްގެ ގޮތުގައި ކަރީނާ ކަޕޫރް ފެނިގެންދާއިރު މި ފިލްމުގައި ޝާހުރުކް ޚާން އާއި ސަލްމާން ޚާން ވެސް ފެނިގެންދާނެއެވެ.

އިންޑިއާގެ މުމްބާއީގައި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު މީގެ ކުރިންވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއްވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި ގޮތުން ރަންބީރް ކަޕޫރު، ކާތިކް އާރިޔަން، ސަންޖޭ ލީލާ ބަންސާލީ ގެ އިތުރުން ގިނަ ބަޔަކު ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.