English Edition
Dhivehi Edition

ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ އެންމެ މަޝްހޫރު އެކްޓަރ ކަމަށްވާ ސަލްމާން ޚާން އާއި ބައްދަލު ކުރުމަށް އޭނަގެ ފޭނުން އެތައް މަސައްކަތެއް ކުރެއެވެ. އެގޮތުން މިހާރު އޭނަގެ ފޭނަކު ވަނީ އަނެއްކާވެސް އާކަމެއް ކޮށްފައެވެ.

އުމުރުން 52 އަހަރުގެ ބުޕެން ލިކްސަން ނަމަކަށް ކިޔާ ފިރިހެނަކު ވަނީ އޭނަގެ ބައިސިކަލުގައި ޓިންސުކިއާ އަވަށުން މިހިނގާ ފެބުރުއަރީމަހު 8ވަނަ ދުވަހު ދަތުރުފަށައި 13ވަނަދުވަހު ގުވަހަޓި އަވަށަށް ދަތުރުކޮށްފައެވެ. ބުފެން ބުނީ އޭނަ ގުވަހަޓި އަވަށަށް ދަތުރު ފެށީ ފިލްމްފެއާ އެވޯޑްގައިހަފްލާއިން ސަލްމާންޚާން އާއި ބައްދަލުކުރުމަށެވެ.

ބުޕެން އަކީ ބައިސިކަލުގެ ހުންގާނުގައި ނުހިފާ 60މިނެޓް ތެރޭގައި 48 ކިލޯމީޓަރަށް ދުއްވައި އިންޑިއާގެ ރެކޯޑްފޮތުން ޖާގަހޯދާފައިވާ މީހެކެވެ. އޭނަބުނީ އެހާދުރު ދަތުރެއްކޮށްފައި ގުވަހަޓިއަށް އައުމުން އުންމީދަކީ ސަލްމާންޚާން އާއި ބައްދަލުވުމެ ވެ. ފިލްމް ފެއާ އެވޯޑް އޮންނާނީ ފެބްރުއަރީ 15ވަނަ ދުވަހު އެވެ.

މިވަގުތު ސަލްމާންޚާން ދަނީ އޭނަގެ އެންމެ އަވަހަށް ނިކުންނަން އުޅޭ ފިލްމް “ރާދޭ” ގެ ޝޫޓިންގ ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިފިލްމްގައި ސާލްމާންޚާން އާއި އެކީ ފެނިގެންދާނީ ޑީޝާ އަދި ބިގްބޮސް 8 ކާމިޔާބުކުރި ގޯޓަމް ގުލާޓީ އެވެ. ޑައިރެކްޓަރ ޕްރަބޫދޭވާގެ މި ފިލްމް ރިލީޒްވާނީ 2020ވަނަ އަހަރު އީދުތެރޭގައެވެ.