English Edition
Dhivehi Edition

ގިނަ އަދަދެއްގެ ޑީސަލް ބަރުކޮށްގެން، މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އެރީ މާލެ އިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ “ސްނޯ” ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގައި 50 ޓަނުގެ ޑީސަލް ބަރުކޮށްފައިވާ ކަމަށެވެ. މި ދޯނި ފަރަށް އަރާފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 03:09 ހާއިރު އެވެ.

ށ. ކީކިމިނި ކައިރިން، ބޮލިސްތާ ފަރަށް އެ ދޯނި އެރިއިރު ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އެރި ނަމަވެސް، ޑީސަލް ހުރީ ފީފާތަކުގައި ކަމަށާއި އެއްވެސް ވަރަކަށް ކަނޑަށް ޑީސަލް އެޅިފައި ނުވާ ކަމަށެވެ.