English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - ފޮޓޯ: ދި އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރެއް ހިންގަން ބަޔަކު ހޯދަން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

އެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ވަނީ ޖިމާއި ރެސްޓޯރެންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ބީލަން ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށާއި. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހުކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވެސް ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރެއް ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފަހަރު ޝައުގުވެރިކަން ފާޅުކުރީ އެންމެ ތިން ފަރާތަކުންނެވެ.

މަޖިލީހުގައި ހަދާ ރެސްޓޯރެންޓު ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގަ އެވެ.