English Edition
Dhivehi Edition
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރ ޙުސެއިން ވަޙީދު

ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ވަހީދު، ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަ ވެފައިވަނީ ސިއްޙީ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި ޙުސެއިން ވަހީދު އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ހުސެއިން ވަހީދު އަވަހާރަވުމުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަ ފާޅުކޮށް އެމަނިކުފާނަށް ތަޢުޒިޔާ ކިޔަމުންނެވެ.

ޙުސެއިން ވަޙީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުވެސް ފުރިހަމަ ކުރައްވާފައެވެ. ށ.ފޯކައިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޙުސެން އަވަހާރަވީއިރު އަނބިކަނބަލަކާއި 2 އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވެ.

ޙުސެއިން ވަޙީދަކީ މަޖިލީހުގައި ހޭދަކުރެއްވި 2 ދައުރުގައިވެސް ރައްޔިތުންގެ ހައްގުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ގިނަމީހުން އޭނާ ސިފަކުރައްވަނީ ރައްޔިތުންގެ އަޑުއަހާ ، މަޑުމައިތިރި އޯގާތެރި ބޭފުޅެއްގެ ގޮތުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون