English Edition
Dhivehi Edition

އެސްޓިއޯ މަރަދޫފޭދޫގެ ފިހާރައަށް ވަގަށް ވަދެ ތިޖޫރީ ހަލާކުކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓިއޯ މަރަދޫފޭދޫ ފިހާރައިގެ ތިޖޫރީ ހަލާކުކޮށް ވައްކަންކުރި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:45 ހާއިރުކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެ ފިހާރައިގެ ތިޖޫރީއިން 7000 ރުފިޔާ ވަގަށް ނަގާފައިވާކަން އެގިފައިވާއިރު އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު ފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މި ގޮތުން އައްޑޫ ސިޓީ ލޮކްޑައުންގެ ހާލަތުގައި އޮތްއިރުވެސް އެ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ވައްކަންކުރާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ކޮށްފައެވެ.