ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް އިން ވައްކަންކުރުމަށްފަހު ފިލައިގެން އުޅުނު ދެމީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ލުހުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ހެނދުނު އެ ސްކޫލަށް ދެ މީހަކު ވަދެ ވައްކަން ކުރަން އުޅުމުން އެ ވަގުތު އެތާ ޑިއުޓީގައި ހުރި ފުލުސް މީހާ އެމީހުން ހުއްޓުވުމަށް މަސައްކަތްކޮށްފައިވާ ކަމށެވެ. އެހެންނަމަވެސް އެ ދެމީހުން ފުލުސްމީހައަށް އަނިޔާކުރުމަށް ފަހު ފިލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން އެމީހުން ހޯދަން ކުރި މަސައްކަތުން އެތަނުން އެކަކު ކޯޓު އަމުރެއްގެ ދަށުން ޖުލައި 29 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އުމުރުން 42 އަހަރުގެ މި މީހާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ފުލުހުން ބުނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން އެމީހުން ވަގަށް ނެގި 3 ލެޕްޓޮޕްގެ ތެރެއިން 2 ލެޕްޓޮޕް ހޯދާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.