English Edition
Dhivehi Edition

ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވައްކަން ކުރި މައްސަލަ އަކާއި ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

އެ ދެމީހުންގެ ހަރަކަތާތްތައް ފެންނަ ވީޑިއޯ އެއް އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ ދެ މިހުންނަކީ 2021 އޮކްޓޫބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުންކަމަށެވެ.

އެހެންކަމުން އެދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 501639 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.