English Edition
Dhivehi Edition

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ތަންވިރު އިސްލާމް ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޯދުމަށް އިއުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި ސްޕޮންސަރއަށް އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ. އަދި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނި އިއުލާންކޮށްފައެވެ.

މި ބިދޭސީ މީހާ 2021 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާއިރު އޭނައާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 9790089 މި ނަންބަރަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.