English Edition
Dhivehi Edition

ރާއްޖެއިން އިތުރު 114 މީހަކު ކޮވީޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 86 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 21,382 އެވެ.

މިހާތަނަށް 18،780 ބަލިން ރަގަޅުވެފައިވާއިރު ފަރުވާ ހޯދަމުންދަނީ 2531 މީހެކެވެ. އޭގެތެރެއިން 133 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކޮވިޑް19ގައި ރާއްޖެއިން މިހާތަނަށް 64 މީހުން ވަނީ މަރުވެފަ އެވެ.