ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހި މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.
އއ. މާޅޮސްގެ ނަފާ ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަން ކުރާ އުމުރުން 45 އަހަރުގެ އެ މީހާ ވެކްސިން ޖަހާފައިވަނީ އިއްޔެއެވެ
އެޗްޕީއޭ އިން މިއަދު ބުނީ ވެކްސިން ޖެހި އުމުރުން 45 އަހަރުގެ މީހެއްގެ ހާލު ދެރަވެގެން ހިންމަފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ 9:31 ހާއިރުކަމަށެވެ. އެޗްޕީއޭ އިން ބުނީ އަމަލުކުރަމުން އަންނަ އާންމު އުސޫލުގެ ދަށުން އެ މަރުގެ ހަގީގަތް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.
އިތުރަށް އެޗްޕީއޭއިން ބުނީ މަރު އަދި އެހެނިހެން ސީރިއަސް ކަންކަމަކީ ވެކްސިނާ ގުޅުންހުރި ކަމަކަށް ނުވުމަކީވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ.