English Edition
Dhivehi Edition

ގދ. މަޑަވެލީ ޓީއެސް ލައިން ދޯނިން ކިރުވި މަަހަށް 971،584 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގައި އާރެކޯޑު އަދަދަކަށް ޓީއެސް ލައިން ދޯނިން އިއްޔެ ވަނީ މަސްބާނާފައެވެ، ގދ.މަޑަވެލީ ޓީއެސް ލައިން ދޯނިން އިއްޔެ 57.15 ޓަނުގެ މަސް މިފްކޯއަށް ކިރުވައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑްވަނީ އާކޮށްފައެވެ،

May be an image of 2 people, people standing and indoor

މިފްކޯ ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް އިއްޔެ މަހަށް ނިކުތް ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ. ޓީއެސް ލައިން ދޯނިން ކިރުވި މަަހަށް 971،584 ރުފިޔާ ލުބިފައިވާކަން ފާހަގަކުރައްވާ އިސްމާއިލް ފައުޒީ ވިދާޅުވީ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

ޓީއެސް ލައިން ދޯނިންވަނީ އޯގަސްޓު 2022 އިން ފެށިގެން 29 ސެޕްޓެންބަރާއި ހަމައަށް 302.93 ޓަނު މަސް ކިރުވައި 5.07 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ، މީގެ އިތުރުން ޓީއެސް ލައިން ދޯންޏަކީ މިދިޔަ އަހަރު ވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏެވެ. އެއީ 1095.805 ޓަނުގެ މަހެވެ.