English Edition
Dhivehi Edition
ރެސްކިއު ޑައިވިން ޕްރޮގްރާމް ފެށުން ފޮޓޯ: ފިޝަރީސް މިނިސްޓްރީ

މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމުގެ ދަށުން 8 ފަޅުވެރިޔަކު ކޯސް ފުރިހަމަކޮށްފިއެވެ.

މިދިޔަމަހުގެ 19 ވަނަ ދުވަހު ގދ.މަޑަވެލީގައި ފެށި މި ޕްރޮގްރާމްގައި އެރަށުގެ އަށް ދޯނިން އަށް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޯސް ފުރިހަމަކުރި ބައިވެރިންނަކީ:
  • ފާރިޝް މުޙައްމަދު / ޓީއެސްލައިން
  • މުހައްމަދު އަބްދުٱللَّٰه / ރަސްއަލި
  • އަހުމަދު އާދަމް / ހަމަތި
  • އަޝްރަގު ފަހީމް / އަލިމަސް
  • ފަރީން މުހައްމަދު / ކަނޑުވާލި
  • އަހުމަދު އަބްދުٱللَّٰه / ކަމަނަ
  • މަރްޒޫގު އަބްދުٱللَّٰه / މުރިނގު
  • އަބްދުٱللَّٰه ހަސަން / ސީވޯލްޑް

މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ތަމްރީން ލިބިފައި ތިބި މީހުން ތިއްބުމަށް ސަރުކާރުން ހިންގާ މި މަސައްކަތުގެ ދަށުން މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން އެކަކު ތަމްރީންކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކުން އަޑިއަށް ފީނުމުގެ ތެރޭގައި ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމެވެ.