English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދެވަނަ ދަރިފުޅު ބަލާލާ ހިތުން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ތައިމޫރަށް ލިބުނު ފަދަ ސަމާލުކަމެއް ދެވަނަ ދަރިފުޅަށްވެސް ލިބިފައިވާއިރު އެންމެ ފަހުން ކަރީނާ މި ވަނީ އެންމެންގެ މި އިންތިޒާރަށް ނިމުމެއް ގެނެސް ދަރިފުޅު ދައްކާލާފައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ކަރީނާގެ ކޮނޑުގައި ބޯއަޅައިގެން ދަރިފުޅު އޮތް ފޮޓޯ ހިއްސާކުރަމުން އޭނާ ބުނީ އަންހެނުންނަށް ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ކަރީނާ، އޭނާގެ ދަރިފުޅުގެ ފޮޓޯ ހިއްސާކޮށްފައިވާއިރު އަދި ދަރިފުޅުގެ ނަން އާންމުކޮށްފައެއް ނުވެއެވެ.

Kareena Kapoor Khan FINALLY shares first photo of her baby boy, writes 'there's nothing women can't do'

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރި ތައިމޫރް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ.ތައިމޫރް އުފަންވި ދުވަހުން ފެށިގެން އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ކެމެރާރައް އޭނާ ވަށާލައިގެން ތިބި ނަމަވެސް، ދެވަނަ ދަރިފުޅަށް އެހެންވާން ބޭނުން ނުވާ ކަމަށް ސައިފް އާއި ކަރީނާ ވެސް ވަނީ ބުނެފައެވެ.