English Edition
Dhivehi Edition

މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅު ވިހައިފި އެވެ.

ބޮލީވުޑްގެ ފުންނާބު އުސް ދެތަރިންކަމަށްވާ ކަރީނާ އާއި ސައިފް އަލީ ޚާނަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. ކަރީނާ ވިހެއީ މުމްބާއީގެ ބްރިޖް ކޭންޑީ ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައެވެ.

ކަރީނާއާއި ސައިފްގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން އުފަންވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 20 ގައެވެ. ސައިފް އަލީ ޚާނާއި ކަރީނާގެ ފުރަތަމަ ދަރިފުޅަށް ވަނީ މައިންބަފައިންނަށް ލިބިފައިވާ ފަދަ މަޝްހޫރު ކަމެއް ލިބިފައެވެ. ތައިމޫރު އުފަންވީންސުރެ މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ އިރު ތައިމޫރުގެ ނަމާއި ބެހޭ ގޮތުންވެސް ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ކުރެވުނެވެ. ކަރީނާ އާއި ސައިފް މީގެކުރިން ބުނެފައި ވަނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް މީޑިއާއިން އެދިން ސަމާލުކަން ދެވަނަ ދަރިފުޅަށް ނުދިނުމަށް އެދޭ ކަމަށެވެ.