English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ މަޝްހޫރު ސްޓާކިޑް ތައިމޫރު އަލީ ހާން ގެ ބޭކިންގ ސްކިލްސް ދައްކާލައިފިއެވެ.

ތައިމޫރްގެ މަންމަ ކަރީނާ ކަޕޫރު ހާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ ކުޑަ ކުޑަ ތައިމޫރް ޓްރޭއެއްގައި ކުކީސް އަތުރާލައިގެން އިންނަ ތަނެވެ.

ތައިމޫރު ތައްޔާރުކޮށްފައިވަނީ އޭނަގެ ކުޑަ އާއިލާ ރަމްޒުކޮށް ދޭ ކުކީސްތަކެކެވެ. ކުކީސް ތަކަށް ބަލާލުމުން ފެންނަނީ ކަރީނާ ސައިފް އަދި ތައުމޫރާއި ކުޑަ ކޮކޮއްކޮ ކަމަށް ދައްކުވައިދޭ ގޮތަށް މީހުންގެ ސިފަޔަށް ތައްޔާރުކޮށްފައިވާ ކުކީސްތަކެކެވެ. ތައިމޫރަކީ އުފަންވީ އިރުއްސުރެ މީޑިއާގެ ސަމާލުކަން ލިބިފައިވާ ހަމައެކަނި ބޮލީވުޑްގެ “ސްޓަރ ކިޑް” އެވެ. ތައުމޫރްއަކީ ގިނަބައެއްގެ ލޯބިވެސް ލިބިފައިވާ މަޝްހޫރު ކުއްޖެކެވެ. އޭނާގެ މަޝްހޫރު ކަމުން އިޝްތިހާރުތައް ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބެމުން ދާކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފާފައި ނުވެއެވެ. ސައިފް އަދި ކަރީނާވެސް ތައިމޫރު ކެމެރާ ކުރިމަތިން ފެނިދާނެކަމުގެ އިޝާރާތެއް ދީފައިނުވެއެވެ.

ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން އަށް ދެ ވަނަ ކުއްޖަކު ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެކުއްޖާ އަށް ކިޔާނަމެއް ހާމަކޮށްފައިނުވާއިރު އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން އިންސްޓަގްރާމްގައި ކަރީނާ ވަނީ ކުއްޖާގެ ފޮޓޯއެއް ފުރަތަމަފަހަރަށް ދައްކާލާފައެވެ.

ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 2021 ޑިސެމްބާރ ހިސާބުގައި ނިކުންނަ ފިލްމަކުންނެވެ. މި ފިލްމުގައި ކަރީނާ އާއިއެކު ދެން ފެނިގެންދާނީި އާމިރުހާން އެވެ.