English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހާން އޭނާގެ ހަޔާތަށް އައިއެންމެ ރީތި 3 ފިރިހެނުންގެ ނަން ފޭނުންނާ ހިއްސާކޮށްފިއެވެ.

ބޮލީވުޑްގެ އެކްޓަރ ސައިފް އާއި އިންފަހުން ސޯޝަލްމީޑިއާގައި އެކްޓިވް ކޮށް އުޅޭ ކަރީނާ މިއަދު އޭނާގެ ދެވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އާންމުކުރުމަށްފަހު ބުނީ އޭނާގެ ހަޔާތަށް އައި އެންމެ ރީތި ތިންފިރިހެނުންނަކީ، ސައިފް، ޓައިމޫރް އަދި ޖެހް އަލީ ހާން ކަމަށެވެ.

ކަރީނާގެ ދެވަނަ ދަރިފުޅު ޖެހް

ކަރީނާ އާއި ސައިފް ކައިވެނިކޮށް ދެފިރިހެން ކުދިން ވަނީ ލިބިފައެވެ. އެހެން ނަމަވެސް ދެވަނަ ކުއްޖާ ރަނގަޅަށް ފެންނަގޮތަށް ފޮޓޯ ސޯޝަލްމީޑިއާގައި އަދި އާންމު ނުކުރެއެވެ. ދެވަނަ ކުއްޖާ ލިބިފައިވަނީ މިއަހަރު ފެބްރުއަރީމަހު 21ވަނަ ދުވަހުއެވެ. ދަރިފުޅު ލިބުނުތާ 5މަސްވީފަހުން އެދަރިފުޅުގެ ނަން އިއުލާން ކުރީ މިހިނގާ ހަފްތާތެރޭގައެވެ. މިދެތަރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމުރު އުފަން ވެފައިވަނީ 20 ޑިސެމްބަރ 2016 ވަނަ އަހަރު އެވެ.

ތައިމުރް އަކީ އުފަންވީ ދުވަހުން ފެށިގެން ޕަޕަރާޒީންގެ ލޯ އަމާޒުވެފައިވާ މަޝްހޫރު ކުއްޖެކެވެ.

މިހާރު އުމުރުން 40އަހަރުވެފައިވާ ކަރީނާ ވަނީ ދެވަަ ކުއްޖާ ލިބުމަށްފަހު ދެކުދިންނަށް މާބަނޑުވެ އިން ދުވަސްވަރު ކުރެވުނު ތަޖުރިބާ އާއި އޭނާ މާބަނޑު ދުވަސްވަރު ހޭދަކުރި ގޮތުގެ ވާހަކަ ލިޔެފައިވާ ފޮތެއްނެރެފައެވެ.

ކަރީނާއާއި ސައިފްއަލީ ހާން ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.