ރާއްޖެއިން ކޮވިޑް19 އަށް އިތުރު 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ތަފާތް ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 103 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 09 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 129 މީހަކު މިއަދު ބަލިން ރަގަޅުވެފައިވާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 179 އަށް އަރާފައެވެ.
ކޮވިޑް19ގައި ރާއްޖެއިން މިހާތަނަށް 64 މީހުން ވަނީ މަރުވެފަ އެވެ.