English Edition
Dhivehi Edition

ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ސަރުކާރަށް ކޮރަޕްޝަނާއި ވައްކަން ހިންގުމަށް ލިބުނު ފުރުސަތެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުން އާއިލާތަކާއި ބައްދަލުނުކުރެވި ރިސޯޓުތަކުގައި ތާށިވެފައި ތިބޭ މައްސަަލައާ ގުުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަދައްކަމުން ޝީޔާމް ވިދާޅުވީ ކޮވިޑް-19 އަކީ ރައްޔިތުންނަށް ބަލިމަޑުކަމަކަށްވި ނަމަވެސް ކޮވިޑް19 ސަރުކާރަށް ވެފައި ވަނީ އީދަކަށްކަމަށެވެ. އަދި ކޮވިޑް-19 ގެެ ބަލިމަޑުކަމަކީ ސަރުކާރަށް ކޮރަޕްޝަނާއި ވައްކަން ހިންގުމަށް ލިބުނު ފުރުސަތެއްކަމަށް ޝިޔާމްވަނީ ވިދާޅުވެފައެވެ،

ކޮވީޑް19 ގެ މި ބަލިމަޑުކަމުގައި ސަރުކާރުން ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރަމުން އަންނައިރު ކޮވިޑް-19 އަކީ މި ސަރުކާރު ދަމަހައްޓަން ގެންގުޅޭ ހަތިޔާރަކަށް ހަދާފައިވާކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވިދާޅުވެފައެވެ،މީގެ އިތުރުން އަދުރޭ ވިދާޅުވީ އެޗްޕީއޭއަކީ މި ސަރުކާރު ހިފަހައްޓަން ގެންގުޅޭ މުޑިއަކަށް ހެދާފައިވާކަމަށެވެ.

1 ކޮމެންޓް
Hussain
މާޗް 8, 2021
ވައްކަން ހަބޭސް. ވެންޓިލޭޓަރު ވައްކަން، އޮކްސިޖަން ވައްކަން، ވެކްސިން އިން ވައްކަން، ކޯވިޑް ސެންޓަރު ތައް އަޅަން ވައްކަން. އެޗް.އީ.އޯ.ސީ އަށް ކެއުން ފޯރުކޮށްދިނުމަށް ވައްކަން.