English Edition
Dhivehi Edition
ކޮވިޑް-19 ވެކްސިން ދިނުން ސ. އަތޮޅު މަދަރުސާގައި ކުރިއަށްދަނީ - ފޮޓޯ: ހުޅުމީދޫ ޞިއްޙީ މަރުކަޒު

އައްޑޫ ސިޓީން މިހާތަނަށް 8895 މީހަކަށް ވެކްސިން ދީފައިވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އައްޑޫ އިން މިހާތަނަށް 8895 މީހަކަށް ވެކްސިން ދީފައިވާއިރު މިއަދު އެކަނިވެސް އައްޑޫގެ 663 މީހަކަށްވަނީ ވެކްސިން ދީފައެވެ. މި ގޮތުން މިއަދު ހަތަދޫގައި 332 މީހަކަށް ވެކްސިން ދީފައިވާއިރު މަރަދޫ ވެކްސިން ސެންޓަރުން ވަނީ 83 މީހަކަށް ވެކްސިން ދީފައެވެ. އަދި މަރަދޫފޭދޫ އިން 49 މީހަކަށް ވެކްސިން ދީފައިވާއިރު ފޭދޫ އިން ވަނީ 101 މީހަކަށް ވެކްސިން ދީފައެވެ، އަދި ހުޅުމީދޫ އިން ވަނީ 98 މީހަކަށް ވެކްސިން ދީފައެވެ.

މުޅި ރާއްޖެއިން 129424 މީހުންނަށް ވެކްސިން ދީފައިވާއިރު ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.