އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 61 މީހަކު ބަލިން ރަގަޅުވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި ތަފާތު ހިސާބުތަކަށް ބަލާއިރު އައްޑޫ އިން ބަލިން ރަގަޅުވި މީހުންގެ އަދަދު ފަސްދޮޅަސް އެކަކަށް އަރާފައިވާއިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްގެ އަދަދަކީ ތިރީހެވެ، އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އައްޑޫ އިން ކޮވިޑް 19 އަށް ފާއިތުވެ ތިން ދުވަހު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.
އައްޑޫ ސިޓީގެ އަވަށްތަކުގައި ބަލިފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި ރެންޑަމް ސާމްޕަލްތައްވެސް ނަގަމުން އަންނައިރު ހުޅުދޫ މީދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހުކަމަށެވެ.