English Edition
Dhivehi Edition

ފާއިތުވެ ދިޔަ 7 އަހަރު އައްޑޫގައި ހަދާފައިވާ އެންމެ މަގެއްގެ ނަން ވިދާޅުވިނަމަވެސް ސިޔާސީ މަސައްކަތްތައް ހުއްޓާލާނެކަމަށް އައްޑޫ ސިޓީ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ތަރައްޤީ އާއި ގުޅޭ ގޮތުން ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު. ނިޒާރު މިހެން ވިދާޅުވެފައިވަނީ ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވިޓަކަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސްކަމަށެވެ.”އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށި ކަމަށް ދެކެނީތޯ؟ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ނުވަތަ ފިލިޕިންސްއިންތޯ؟ދިވެހި އެއްވެސް ރައްޔިތަކު ތިހާ ނިކަމެތި ކޮށްލާކަށް ނުވާނެ. އިންތިޚާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިޚާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ!” ޖަމީލު ވިދާޅުވިއެވެ.

މި ޓުވިޓަށް ރައްދު ދެއްވަމުން ނިޒާރު ކުރެއްވި ޓުވިޓްގައި ވިދާޅުވީ ފާއިތުވެ ދިޔަ 7 އަހަރު އައްޑޫގައި ހަދާފައިވާ އެންމެ މަގެއްގެ ނަން ވިދާޅުވިނަމަވެސް ސިޔާސީ މަސައްކަތްތައް ހުއްޓާލާނެކަމަށެވެ، ” އައްޑޫއަށް ވީކަމެއް ވެފައޮތީ އެމް.ޑީ.ޕީ އިން ކޮއްދިންކަމެއް. އަދި އައްޑޫއަށް ވައުދުވެ އެ ފުއްދާނީވެސް އެމް.ޑީ.ޕީ އިން. މަނިކުފާނުގެ ފިކުރުން ރާއްޖޭގެ ވެރިކަމުގައި 07އަހަރު ވީއިރު އައްޑޫގައި ހަދައި ނިންމި އެއްމެ މަގެއްގެ ނަން ވިދާޅުވެއްޖެނަމަ އަޅުގަޑު މިސިޔާސީ މަސައްކަތް ހުއްޓާލާނަން.” ނިޒާރު ވިދާޅުވިއެވެ.

1 ކޮމެންޓް
ޢައްދު
މާޗް 1, 2021
ގަން އެއަރޕޯޓް ގެ މަގެއް ސިމެންތިން ހެދި ވާހަކައެއް ސޯބެ ބުނާތި އަޑު އިވޭ. ޢަނެއްކާ ފޭދޫ ސްކޫލް މަގުވެސް ހެދީމޯ އައިބީ ކިޔާ، ހިތަދޫ ހޮސްޕިޓަލް މަގު ހެދީމޯ ހިޔަލީ ބުނޭ. އަދި ހިތަދޫ ކައުންސިލް އިދާރާ ހުންނަ މަގުވެސް ހެދި. ދެން އީސީ އައްގުޅާފަ ނަންނަގާނީކީ އެއް ނޫން