އައްޑޫ ސިޓީއަށް ރާއްޖެއިން ބޭރުން ގެންނަ ދިރޭ ޖަނަވާރުގެ ފުރަތަމަ ޝިޕްމެންޓު މާދަމާ އަންނާނެ ކަމަށް އެސިޓީގެ މޭޔަރ ޢަލީ ނިޒާރު ހާމަކުރައްވައިފި އެވެ.
މޭޔަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިރޭ ޖަނަވާރުތައް ގެންނަނީ ސްރީލަންކާ އިން ކަމަށެވެ. އަދި މިއީ ރާއްޖެއިން ބޭރުން ސީދާ އެސިޓީއަށް ގެންނަ މިފަދަ ފުރަތަމަ ޝިޕްމެންޓު ކަމަށެވެ.
މި ޝިޕްމެންޓުގައި ހިމެނެނީ އައްޑޫގައި ހިންގާ ޕޮއުލްޓްރީ ފާރމަކަށް ގެންނަ ކުކުޅު ފިއޮއްތަކެއްކަމަށާއި މިއީ އިޤްތިޞާދީ މުހިންމު ފެށުމެއް ކަމަށް ވެސް މޭޔަރ އަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.
Raajeyn beyrun Addu City ah genevey furarathama dhirey janavaaru ge shipment 25 Dec ga Ceylon in Addu ah geneveyne. Mifaharu migenevenee Addu gai gaaimu kurevifaivaa poultry farm akah genevey kukulhu fio thakei. Mee iqthisaadhee muhimmu feshumei.
— Ali Nizar (@DhekunuNizar) December 24, 2021
ދިރޭ ޖަނަވާރުގެ ފުރަތަމަ ޝިޕްމެންޓް އައްޑޫ ސިޓީއަށް ވައިގެ މަގުން ގެންނަނީ ސްރީލަންކަން އެއަރލައިންސްގެ މަތިންދާބޯޓަކުން ނެވެ. މާދަމާ އަންނަ މި ފްލައިޓުން ގެންނަނީ ހިތަދޫ ބީޓެކް ޕޯލްޓްރީ އަށް ގެންނަ ޝިޕްމަންޓެކެވެ. މި ޝިޕްމަންޓުގައި 2000 ފިޔޮއް ހިމެނޭ ކަމަށް ބީޓެކް ގްރޫޕުން މަޢުލޫމާތު ދެއްވައެވެ. އައްޑޫގައި މުޅިން އަލަށް ފަށާ މި ފާމްއަކީ އެއް ފަހަރާ 30000 ކުކުޅު ގެންގުޅެވޭ ގޮތަށް އެންމެ ޒަމާނީ އާލާތްތަކާއެކު ތައްޔާރުކޮށްފައިވާ ކާރުޚާނާއެކެވެ. ބީޓެކުން “ޑީއޯސީ” ޗިކްގެ ޝިޕްމަންޓް އަންނަންވާއިރަށް އެތަކެތީގެ މާޙައުލު ތައްޔާރުކޮށް ގެންގުޅޭނެ މީހުން ތަމްރީނުކޮށް އެއަށް ބޭނުންވާ ކާނާއާއި އެހެނިހެން ސާމާނުވެސް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.