English Edition
Dhivehi Edition
އެމްޑީޕީގެ ޖަލްސާއެއްގައި އަލީނިޒާރު ވާހަކަ ދައްކަވަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގައި އިންޓަރނޭޝަނަލް ފެންވަރަށް ސިއްހީ ޚިދުމަތް ދެވޭ ގޮތަށް ތަންތަން ގާއިމުކުރަން ބޭނުންވާކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ،

އަލީ ނިޒާރު މިހެން ވިދާޅުވީ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ.

މި ގޮތުން އަލީ ނިޒާރު ވިދާޅުވީ އެސަރަހައްދުގައި އިންޓަރނޭޝަނަލް ފެންވަރަށް ސިއްހީ ޚިދުމަތް ދެވޭ ގޮތަށް ތަންތަން ގާއިމުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ދަތުގެ ޚިދުމަތާއި ލޮލުގެ ޚިދުމަތަކީ ރައްޔިތުން ވަރަށް ބޭނުންވާނެ ޚިދުމަތްތަކެއްކަން ނިޒާރު ވަނީ ފާހަގަކުރެއްވިއެވެ. އަދި ފުޑް ކޯޓުތައް ވެސް އެސަރައްހަދުގައި ހެދި، އިޤްތިޞާދީ ގޮތުން ފައިދާ ބޮޑު ސަރަހައްދަކަށް އެ ސަރަހައްދު ހެދޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ އޭއީއެޗް ސަރަހައްދަކީ އިޤްތިޞާދީ، އަދި އިޖްތިމާއީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށެވެ، އަދި އެ ސަރަހައްދު ތަރައްގީ ކުރާނެ ޚާއްސަ ޕްލޭނެއް އެބައޮތް ކަމަށާއި އަދި އެ ޕްލޭނާއޮ އެއްގޮތަށް އެސަރަހައްދު ތަރައްގީ ކުރެވިއްޖެނަމަ އެކަމުގެ މަންފާ އައްޑޫ ސިޓީގެ އިތުރުން، މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

ޕްލޭންތައް ކުރުމަށް ކައުންސިލުތަކަށް ފުރުސަތުދޭން ޖެހޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ އައްޑޫ ޕްލޭން ކުރުމުގެ ފުރުސަތު އައްޑޫ ކައުންސިލަށް ދޭން ޖެހޭ ކަމަށެވެ

2 ކޮމެންޓް
ސާލިމް
މާޗް 22, 2022
އަނގަ އިން މަސައްކަތް ނުވާނެ.
ބަންޑާރަގޯތި
ޖުލައި 25, 2021
ޚާއްސަ ޕްލޭނެއް އޮތްކަމަށް ނިޒާރު ބުނާއިރު ދެއްކި ވާހަކައިން އެފަދަ ޕްލޭނެއްނެތްކަން ސާބިތުވޭ. ސަބަބަކީ ދަތާއި ލޮލުގެ ސިއްހީ ޚިދުމަތަކީ އިންޓަނޭޝަނަލްކޮށް ދޭން އެވަރުގެ ޑިމާންޑްއޮތް ކަމެއްބާއޭ ހިތަތްއަރާ. އަނެއްކާ ހޮސްޕިޓަލުގެ ކުރިމަތީގައި އޮތް ބުލޮކުގައި ހުރި ބިންތައް ނަގަން ނުކެރުނީ އެވެސް ސިއްހީ ދާއިރާގެ ބޭފުޅުންގެ ބިންތަކައް ވީމަތޯ އަހާލާ ހިތްވޭ. ތިކައުންސިލުވެސް ހޮވާފައި ތިއޮތީ ވަކިމުއްދަތަކައް. އަދި އެއީ ރައްޔިތުންނަށް ވެރިކަންކޮށްދިނުމަށް. އެއްވެސް ހާލެއްގައި ރައްޔިތުންނަށް --ވެރިކަމަކަށް ވާކަށް ނޫން. އަނެއްކާވެސް އެނބުރި އަންނަންޖެހޭނީ ރައްޔިތުން ކާރިޔަށް. މިހާރު ތިއޮތް ކައުންސިލަކީ އެކީއެކަށް ބަދަލުކުރެވިފައިވާ ކައުންސިލެއް. އެކަމުންވެސް އިބުރަތް ހާސިލުކުރޭ.