English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީ އިން މިހާތަނަށް 6438 މީހަކަށް ވެކްސިން ދެވިފައިވާއިރު، މާދަމާވެސް އައްޑޫގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކު މީހުންނާއި 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

މި ގޮތުން މާދަމާވެސް ހިތަދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ޝަރަފުއްދީން ސްކޫލާއި ނޫރާނީ ސްކޫލްގައެވެ. އަދި މަރަދޫ، މަރަދޫފޭދޫގައި ވެކްސިން ޖެހުން އިރުޝާދިއްޔާ ސްކޫލްގައި ކުރިއަށް ގެންދާއިރު ފޭދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ފޭދޫ ސްކޫލްގައެވެ. އަދި ހުޅުމީދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ސ.އަތޮޅު މަދުރަސާގައެވެ.

އައްޑޫ އިން މިހާތަނަށް 6438 މީހަކަށް ވެކްސިން ދީފައިވާއިރު މިއަދު އެކަނިވެސް އައްޑޫގެ 549 މީހަކަށްވަނީ ވެކްސިން ދީފައެވެ. މި ގޮތުން މިއަދު ހަތަދޫގައި 131 މީހަކަށް ވެކްސިން ދީފައިވާއިރު މަރަދޫ ވެކްސިން ސެންޓަރުން ވަނީ 106 މީހަކަށް ވެކްސިން ދީފައެވެ. އަދި މަރަދޫފޭދޫ އިން 72 މީހަކަށް ވެކްސިން ދީފައިވާއިރު ފޭދޫ އިން ވަނީ 132 މީހަކަށް ވެކްސިން ދީފައެވެ، އަދި ހުޅުމީދޫ އިން ވަނީ 108 މީހަކަށް ވެކްސިން ދީފައެވެ.

މުޅި ރާއްޖެއިން 105492 މީހުންނަށް ވެކްސިން ދީފައިވާއިރު ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.