އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 38 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ(އީއޯސީ) އިން ބުނީ އިއްޔެގެ 18:00 އާއި ހަމައަށް ޖުމްލަ 38 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. އަދި އިއްޔެ އައްޑޫ ސިޓީން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވާ އިރު ކޮވިޑް-19 އާއި ގުޅިގެން ހުޅުދޫމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު ވަނީ އުވާލާފައެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކާފިއު އުވާލާފައިވާ އިރު މިވަގުތު އައްޑޫގައި ކޮވިޑް އެކްޓިވް ކޭސްގެ އަދަދަކީ 32 އެވެ. އަދި 44 މީހަކު އައްޑޫން މި ބަލިން ފަސޭހަވެފައިވާ އިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. މި ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައްޑޫއިން ވަނީ 2754 މީހެއްގެ ސާމްޕަލް ނަގާފައެވެ.