English Edition
Dhivehi Edition
ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޮންދިގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުދިނުމަށް ވިލާ ކޮލެޖާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ

މިއަދު އޮންދިގޯގެ ޓްރޭނިން ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އޮންދިގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ރެކްޓަރު، ރިސާޗު އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލެވެ.

މި ރަސްމިއްޔާތުގައި އޮންދިގޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިއީ އެ ކުންފުނި ލާނިން ޕްލެޓްފޯމަކަށް ބަދަލުކޮށް މުވައްޒަފުންގެ މެދުގައި ދަސްކުރުމުގެ ސަގާފަތް އާލާ ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށާއި މުވައްޒަފުން ތަމްރީނު ކުރުމަށް އެއްވެސް ފީ އެއް މުވައްޒަފުންގެ އަތުން ނުނަގާނެ ކަމަށެވެ. އިތުރަށް ޖުނައިދު ވިދާޅުވީ އެ ކުންފުނިން ތަމްރީނު ކުރާ މުވައްޒަފުން ވަކި މުއްދަތަކަށް އޮންދިގޯ އަށް ހިދުމަތް ކުރުން ލާޒިމު ނުކުރާނެ ކަމަށެވެ. “އަޅުގަނޑުމެން އެގްރިމެންޓަކުވެސް ސޮޔެއް ނުކުރާނަން، އެހެނަމަވެސް ކުންފުނިން ވަކިވާނަމަވެސް، ފަށާ ތަމްރީނު ޕްރޮގްރާމު ނިންމައި އިލްމު ފުރިހަމަކޮށްގެން ވަކިވުމަށް އިލްތިމާސް ކުރާން” ޖުނައިދު ވިދާޅުވިއެވެ.

މުވައްޒަފުންނަކީ ކޮންމެ ވިޔަފާރިއެއްގެ ވެސް އެންމެ މުހިންމު ރައުސުލްމާލްކަން ފާހަގަކޮށް ޖުނައިދުވަނީ ކޮންމެ ވިޔަފާރިއެއް ވެސް ކުރިއެރުވުމަށް މުވައްޒަފުންނާއި ތައުލީމާއި ތަމްރީން ދިނުން މުހިންމުކަމަށް ވިދާޅުވެފައެވެ.