English Edition
Dhivehi Edition

ވިލާ ކޮލެޖް ހިތަދޫ ކެމްޕަހުގައި ކަލްޗަރަލް ނައިޓް ފާހަގަ ކޮއްފިއެވެ. ކަލްޗަރަލް ނައިޓް ފާހަ ކޮއްފައިވަނީ ރޭ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައެވެ.

ވިލާ ކޮލެޖުގެ އިންގްލިޝް ޕްރޮފިޝެންސީ 1 ކްލާހުގެ ކުދިން ތަފާތު ގައުމު ތަކުގެ ޘަޤާފަތް ދެއްކުމަށްޓަކައި ބޭއްވި ކަލްޗަރަލް ނައިޓް ޝަރަފްވެރި ކޮއްދެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖާރ އަބްދުﷲ ސާލިހް އެވެ.

އިންގްލިޝް ޕްރޮފިޝެންސީ ކްލާހުގައި ހިތަދޫ ކެމްޕަހުގައި 27 ދަރިވަރުން ތިބެއެވެ. ކްލާހުގެ ކުދިން ތިން ގުރޫޕަކަށް ބެހި ވަނީ 3 ތަނެއްގެ ޘަޤާފަތް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް އަދި އެ ގައުމަކާ ނުވަތަ ޘަޤާފަތަކާ ގުޅޭ ސްޓޯލް އެށް ތައްޔާރު ކޮށް ސްޓޯލް ދައްކާލާފައެވެ. ޘަޤާފަތް ދައްކުވައި ދިން ތިން ގައުމަކީ އިންޑިއާ، ސައުދި އަރަބީއްޔާ އަދި ހަވާއީއެވެ.

ރޭގެ ކަލްޗަރަލް ނައިޓުގައި ޕާރފޯމެންސް ބައިން އެއްވަނަ އަށް ދިޔައީ އިންޑިއާގެ ޘަޤާފަތް ދައްކުވައިދިން ކުދިންނެވެ. އަދި ސްޓޯލް އިން އެއްވަނަ އަށް ދިޔައީ ހަވާއީގެ ޘަޤާފަތް ދައްކުވައި ދިން ކުދިންނެވެ.

ރޭގެ އިވެންޓުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން ވަނީ ކުދިންގެ މަސައްކަތްތަށް ވަރަށް ފުރިހަމަ ކަމަށާއި ކުދިން ކޮއްފައިވާ މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށް ފާހަގަ ކޮއްފައެވެ.