English Edition
Dhivehi Edition

ވިލާކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ތައާރަފް ކޮށްފައިވާ ކޮމިޔުނިޓީ އެންގޭޖުމެންޓް ސްކޮލަރޝިޕް އަށް ކުރިމަތިލުމުގެ ފުރުސަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މާދަމާ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދުމަށް ހުޅުވާލައިފައިވާ ފުރުސަތު މިހާރުވަނީ މިމަހު 26 ވަނަ ދުވަހު 14:00 ހަމައަށް އިތުރުކޮށްދެއްވައިފައެވެ.

“ކޮމިޔުނިޓީ އެންގޭޖުމެންޓް ސްކޮލަރޝިޕް އަކީ ވިލާކޮލެޖުގެ ހިތަދޫ ކެންޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދަށް ނިސްބަތްކޮށް އައްޑޫސިޓީގެ ދެ ފަރާތަކަށް ހުޅުވައިލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުސަތެވެ.” މި ފުރުސަތުގައި ވިލާ ކޮލެޖުގެ ޖަނަވަރީ އިންޓޭކްގެ ޕްރޮގްރާމްތަކުގެ ތެރެއިން ޑިގްރީ އަދި މާސްޓާރސް ކޯހުގައި ދެފަރާތަކަށް ހިލޭ ކިޔެވޭނެއެވެ.

ސްކޮލަރޝިޕަށް އެދޭ ފޯމާއި އެކަމާ ގުޅޭ މައުލޫމާތު ޝީޓު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް ވިލާކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި އިތުރު ދެ ސްކޮލަޝިޕަކަށް ކުރިމަތިލުމަށްވެސް އެ ކޮލެޖުންވަނީ ހުޅުވައިލައިފައެވެ.