English Edition
Dhivehi Edition

އިއްޔެ ރާއްޖޭގެ ހުރިހާ ދުވަހު ނޫހެއްގެ ފަލަ ސުރީހީ އިން ޖާގަ ހޯދީ، ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އާއި މަޝްހޫރު ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ)ގެ ކައިވެނީގެ ހަބަރެވެ.

މީގެ 4 މަސް ކުރިން ފެށިގެން ދިޔަ މި ގުޅުމާއި ބެހޭ ގޮތުން މީގެ ކުރިން ޝިދާތާ ވިދާޅުވީ ކުރިންވެސް ޒިޔާ އަކީ ފިލްމީ ތަރިއަކަށްވުމުން އޭނާ އެނގޭ ކަމަށާއި އެއްދުވަހަކު ޒިޔާ އާއި ދިމާވެގެން ތަންކޮޅެއް ގިނައިން ވާހަކަ ދެކެވި، ޝައުގުވެރިކަމެއްވެސް އުފެދުނީކަމަށެވެ. އަދި އިތުރަށް ތަންކޮޅެއް ޕާސަނަލް ލެވަލްއެއްގައި ކަންކަން އެނގި އެގޮތަށް ދެކެވުނު ވާހަކަ ތަކެއްގެ ތެރެއިން ޚާއްސަ ގުޅުމެއް އުފެދިގެން ދިޔައީކަމަށް ޝީދާތާވަނީ ވިދާޅުވެފައެވެ. މި ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާ ކައިވެނި ކުރުމަށް ނިންމި ސަބަބު ހާމަކުރަމުން އޭރު ޝިދާތާ ވިދާޅުވީ މިހާރު މިއީ ޓީނޭޖް ދުވަސްވަރެއްވެސް ނޫންކަމަށެވެ. އިތުރަށް ޝީދާތާ ވިދާޅުވީ ޒިޔާގެ ކިބައިން ފެންނަ އެންމެ ފާހަގަކޮށްލެވޭ އެއްސިފައަކީ ތެދުވެރިކަން ކަމަށާއި ކޮންމެ ކަމެއްވިޔަސް ތެދަށް ބުނާނެކަމަށެވެ. އަމިއްލަ އަށް ހިތުގަ ޔަޤީންކަން ޒިޔާ އަށް އެބައޮށްކަން ފާހަގަކޮށް މިހާބޮޑު ނިންމުމަކާއި ހަަމައަށް މިހާކުރު މުއްދަތެއްގެ ތެރޭގައި ދިޔަ ހަގީގީ ސަބަބަކީ މިއީ ކަމުގައި ޝިދާތާވަނީ ވިދާޅުވެފައެވެ،

ކޮންމެއަކަސް ޝިދާތާ އާއި ޒިޔާ އެންގޭޖްވި ހިސާބުން ގިނަ ބަޔަކު ދިޔައީ މި ކައިވެންޏަށް އިންތިޒާރުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ޝީދާތާ ކައިވެނިކުރާ ތާރިހުކަމަށް ބުނެ ގިނަ ތާރިހުތަކެއްވެސް ފެނިގެން ދިޔައިރު އިއްޔެ ޝިދާތާ އާއި ޒިޔާ މިވަނީ ކައިވެނިކޮށް ގިނަ ބައެއްގެ އިންތިޒާރަށްވެސް ނިމުމަށް ގެނެސްދީފައެވެ. މި ކައިވެނީގެ އެކި މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް މިހާރު ސޯޝަލް މީޑއާގައި ދައުރުވަމުން އަންނައިރު ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް ޝީދާތާ މި ވަނީ ހޯދާފައެވެ. އޭނާގެ ކައިވެންޏަށްފަހު އާއިލާ އާއި ގާތް ރަހްމަތްތެރިންނަށް ބެއްވި ހަފްލާގައި ޝީދާތާ ލައިގެން ހުރި ކައިވެނީގެ ހެދުން މިވަނީ ބޮޑު ބަހުސަކަށް އައިސްފައެވެ.

މީގެ ކުރިން ދިން އިންޓަވިއުއްގައި ޝިދާތާ ވިދާޅުވީ ވަރަށް ޚާއްސަ ހެދުމެއް ‘ޑްރީމް’ ކުރާކަމަށާއި މީގައި ހާއްސަ ވަނީ ހެދުމުގެ ޑިޒައިނާއި ހެދުމުގެ އަގެއް ނޫންކަމަށެވެ. މީގެ ކުރިންވެސް ފެހުމުގެ މަސައްކަތް އެހާ ޕްރޮފެޝަނަލް ނޫނަސް ކުރަމުން އަންނަކަން ފާހަގަކޮށް ޝިދާތާ ވިދާޅުވީ އާއިލާ ބައެއް ކުދިންގެ ވެޑިން ޑްރެސް ވެސް ފަހައިދީފައި ހުންނާނެކަމަށެވެ. “މިފަހަރު އަޅުގަނޑު ހިތައް އެރީ އަޅުގަނޑުގެ އަމިއްލަ ވެޑިންޑްރެސް އަމިއްލަށް ފަހާނަމޭ. ގޭގަ ބައެއް ކުދިންގެ އާޓްސް ސްކިލްސްއާއެކީގައި އަޅުގަނޑު މިފަހަރު އެއިމްކުރީ އަޅުގަނޑު އަމިއްލައަށް މިފަހަރު އަޅުގަނޑުގެ ވެޑިންޑްރެސް ފަހައިގެން ލާނަމޭ” އޭރު ޝިދާތާ ބުންޏެވެ.

ކައިވެނީގެ ހެދުމާއި ބެހޭ ގޮތުން ޝިދާތާ “ވަގުތު”އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއީ އޭނާ އަމިއްލައަށް ފެހި ހެދުމެއް ކަމަށާއި މީގެ ކުރިންވެސް އަމިއްލަ ހެދުންތައް ފަހާ އުޅޭކަމަށެވެ. މި ހެދުމަކީ ވަރަށް އާދައިގެ ހެދުމެއްކަން ފާހަގަކޮށް ޝީދާތާ ވިދާޅުވީ މިއީ ތިން ދުވަހުގެ މަސައްކަތް ކަަމަށެވެ. އަދި ހެދުމުގެ ބީޑްސް އެއްޗެހި ޖަހާފައިވަނީ އާއިލާގެ މީހުންކަން ވެސް ޝިދާތާވަނީ ފާހަގަކޮށްފައެވެ،

އެހެންނަމަވެސް މިއަދު އަނެއްކާވެސް މިވަނީ މި ހެދުމުގެ ވާހަކަ މުޅިން އާ ގޮތަކަށް މީޑިއާ އަށް ތިލަވެފައެވެ. ‘ރާއްޖެޓީވީ’އަށް މައުލޫމާތުދިން ފަރާތަކުން ޝިދާތާގެ ހެދުން ފާހާފައިވަނީ އޭނާ އަމިއްލައަށް ނޫންކަމަށް ބުނުމާއެކު ގިނަ ބަޔަކަށް މިވަނީ ޝިދާތާގެ ކައިވެނީގެ ހެދުމުގެ ‘ހަގީގަތް އޮޅިފައެވެ.

މި ހެދުމާއި ބެހޭ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ އެ މަސައްކަތްކޮށްފައި ވަނީ ޝިދާތާގެ ކުރީގެ ފިރިމީހާގެ އާއިލާގެ ކުއްޖެއްކަމަށާއި ހެދުން ފެހުމަށް ބޭނުންވާ ފޮތްޗާއި އެހެނިހެން ތަކެތި ޚިޔާރުކުރީވެސް އެކުއްޖާކަމަށެވެ. އަދި މިހެދުން ފަހާފައިވަނީ ހަތަރު ދުވަހުންކަމަށާއި އެކުއްޖާ ހެދުން ފަހަން ފޮތި ގަތުމަށްފަހު، ފޮތިގަނޑުގެ ފޮޓޯ ސްނެޕްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ފަރާތުން ބުނީ ހެދުން ފަހަމުން ދިޔަ އިރު، ކޮންމެ ދުވަހަކުވެސް، އެދުވަހުގެ ކުރެވުނު މަސައްކަތުގެ އަޕްޑޭޓް ސްނެޕް މެދުވެރިކޮށް އެކުއްޖާ ހިއްސާކުރަމުންދިޔަކަމަށެވެ. އިތުރަށް އެ ފަރާތުން ބުނީ ޝިދާތާ، މިނިސްޓަރު ކަމުގެ ހުވާ ކުރި ދުވަހު ލީ ހެދުން ވެސް ފަހައިދީފައިވަނީ ކައިވެނީގެ ހެދުންވެސް ފެހި ކުއްޖާ ކަމަށެވެ،

ކޮންމެއަކަސް އަނެއްކާވެސް މިއޮތީ މެހެދުމުގެ ހަގީގަތް އޮޅުންފިލުވުމަށް ޝީދާތާގެ ބަހެއްގެ އިންތިޒާރުކުރުމެވެ،

 

1 ކޮމެންޓް
Jsjchf
ފެބުރުއަރީ 22, 2021
Dhen kaleymenakaa kon kameh komme meehaku fehiyas