English Edition
Dhivehi Edition
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް/ ފޮޓޯ އަވަސް

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމާފައިވާކަން ހާމަކުރައްވައިފިއެވެ.

މިއަދު ޝިދާތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ފުރަތަަމަ ފިޔަވަޅާއެކު އަދާލަތުގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަަޑަައިގެންނެވި ކަމަށެވެ. އަދި ސިޔާސީ ޝަހުސިއްޔަތު ބިނާ ކުރެއްވުމަށް އެ ޕާޓީގެ ތެރެއިން ލިބިވަޑަައިގެންނެވި ފުުރުސަތާއި އަދާލަތުގެ ދައުރު ދުވަހަކުވެސް ދުރު ނުކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކަށް ދިއުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާ އަދި އައު މިސްރާބަކުން ހިނގާން ޖެހޭ ކަން ފާހަގަކޮށް ޝިދާތާ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށެވެ.

މީގެ 11 ވަރަކަށް އަހަރު ކުރިން އަދާލަތު ޕާޓީ އާއި ގުޅިވަޑައިގަތް ޝިދާތާ އެ ޕާޓީގެ މެމްބަރުކަމުންނާއި ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސްގެ މަގާމުން އިސްތުފާދެއްވީ އިއްޔެގައެވެ. އަދާލާތު ޕާޓިގެ ސްލޮޓެއްގައި މި ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ އެ މަގާމުން އިސްތިއުފާ ދެެއްވި ފަހުން ޕާޓީގެ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައެއް ނުގަންނަންވައެވެ.