English Edition
Dhivehi Edition
13 ޖެނުއަރީ 2021، މާލެ، "އެންޖީއޯ ގްރާންޓް ޕްރޮގްރާމް 2021" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޖުތިމާޢީގޮތުން މުޖުތަމަޢު ބާރުވެރި ކުރުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ގްރާންޓް ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައި މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 މާރޗް 2021 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށް އޮންލައިންކޮށެވެ. މި ސެޝަންގައި ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު މިސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ މިނިސްޓްރީންވަނީ އެދިފައެވެ.

މި ސެޝަންގައި ބައިވެރިވުމަށް 27 ފެބްރުވަރީ 2021 ވާ ހޮނިހިރު ދުވަހުގެ 20:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7905784 އަށް ގުޅުމަށް މިނިސްޓްރީންވަނި އެދިފައެވެ.

މިދިޔަ ޖަނަވަރީމަހުގެ 13 ވަނަ ދުވަހު މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަނީ ހުޅުވާލާފައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން 200،000 ރުފިޔާ އާއި ހަމައަށް ފައިސާގެ އެހީ ދެވޭއިރު، ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން 50،000 ރުފިޔާގެ ފައިސާގެެ އެހީ ދިނުމަށް ހަމަޖެހިފައި ވެއެވެ.


ގޫގުލް ފޯމް: https://bit.ly/3bmUt1e