English Edition
Dhivehi Edition
މީދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ތެރެއިން/ ފޮޓޯ މުލިމަތި

މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމްއިއްޔާތަކުގެ ތެރެއިން 13 ޖަމްއިއްޔާއަކާއެކު ސޮއިކޮށްފިއެވެ.

މަދަނި ޖަމްއިއްޔާތަކުގެ ތެރެއިން ޖުމްލަ 16 ޖަމްއިއްޔާއަކަށް ގްރާންޓް ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 13 ޖަމްއިއްޔާއަކާ އެކު މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި ބާކީ ތިން ޖަމްއިއްޔާއާއެކު ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ސޮއިކުރެވުނު ޖަމްއިއްޔާތަކަކީ

  • ދުވާފަރު ޔޫތު މޫވްމަންޓް
  • އައިކަންސް އެސޯސިއޭޝަން
  • ތުޅާދޫ ސިލްވާ ޝައިން ސްކްލަބް
  • ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ޖަމްއިއްޔަތުލް ސަލަފް
  • ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން
  • ޓޮޕްސީ
  • އެސޯސިއޭޝަމް ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް
  • ގަމު ޒުވާނުންގެ ޖަމްއިއްޔާ
  • ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން
  • ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ
  • ހުވަދޫ ޑިވެލޮޕްމަންޓް އިނީޝިއެޓިވް
  • ދި އިކޯ އޮގަނައިޒޭޝަން

ޔޫތު މިނިސްޓްރީން ބުނީ މިފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ މަދަނީ ޖަމްއިއްޔާތަކަށް އެހީދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރުފުޅާކުރުން ކަމަށެވެ.