އައްޑޫ ސިޓީގެ ދެ އަވަށެއްގައި ގާއިމުކުރުމަށް ނިންމާފައިވާއިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބެލުމުގެ ދަށުން ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤިކުރުމަށް ނިންމާފައިވާ 08 ރަށުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫ އާއި މީދޫ ވަނީ ހިމެނިފއެވެ،
މި ގޮތުން މީދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަދަދަކީ60,000.00 ރުފިޔާއެވެ. އަދި ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަދަދަކީ 65,000.00 ރުފިޔާއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ބުނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަަމަށެވެ،
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަންނާނީ 10 މާރިޗު 2022 އިން 24 މާރިޗު 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
އިތުރަށް މިނިސްޓްރީން ބުނީ މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 14 މާރިޗު 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ 28 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ