English Edition
Dhivehi Edition

ކަލާސް އިންދައްކާ ރިއަލިޓީ ޝޯވް “ބިގްބޮސް 14” ކާމިޔަބްކޮށް ރުބީނާ ދިލަކް ޓޮފީ އުފުލާލައިފި އެވެ.

ޝޯވްގެ ފައިނަލްގައި ވާދާކުރަމުން އައީ ރާކީ ސާވަންތް، ރުބީނާ ދިލަކް، ރަހުލް ވެދިޔާ އަލީގޮނީ އަދި ނިކީ ޓަމްބޯލީއެވެ.

މިއަހަރުގެ ޝޯވްގެ އެންމެ ގިނަވޯޓް ހޯދާ ރުބީނާ އާ ވާދަކޮށްފައިވަނީ ރާހުލްއެވެ. ބިގް ބޮސް ކާމިޔާބު ކުރި ރުބީނާއަށް ޓްރޮފީއާއެކު 36 ލައްކަ ރުޕީސް ލިބުނުއިރު ރާހުލްއާއި ވާދަކޮށް ރުބީނާ ޝޯ ކާމިޔާބު ކުރުމުން ރާހުލްއާއި އޭނާގެ ސަޕޯޓަރުންނަށް ވެސް ބަލި ގަބޫލުކުރަން ވަނީ ދަތިވެފައެވެ. ޝޯވްގައި ފައިނަލް ހޮވުމުގެ ކުރިން ދިން ޗާންސެއްގައި 14ލައްކަ ރުޕީސް ހޯދައިގެން ރާކީ ވަނީ ޝޯވް އިން ބޭރުވެފައެވެ. ބާކީ ހަތަރު ބައިވެރިންގެ ތެރެއިން އެންމެ މަދުން ވޯޓްލިބި ބޭރުވެފައިވަނީ އަލީގޮނީއެވެ. ފައިނަލްގައި ވާދަކުރި 3 ބައިވރިންނަކީ ނިކީ، ރުބީނާ އަދި ރާހުލް އެވެ.

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސަލްމާން ޙާން ހުށައަޅައިދޭ ޝޯ ‘ބިގްބޮސްގެ 14’ ފެށިގެން އައި އިރު ޝޯވްގައި 23 ބައިވެރިން ތިއްބެވެ. މި ފަހަރުގެ ޝޯވް ވެގެންދިޔައީ ބެލުންތެރިން ވަރަށް ހައިރާން ކުރުވަނި ޝޯވް އަކަށެވެ. އެގޮތުން ފާހަނގަ ކުރެވުނީ ބައިވެރިންގެ ރުޅިގަދަކަމާއި ބިގްބޮސްގެ މުދަލަށް ގެއްލުންދެމުން ދިޔަތަނެވެ. މި މަންޒަރު މުޅި އިންޑިއާގެ އިތުރުން ގިނަ ގައުމުތަކުން މީހުން ބަލަމުން ދިޔައިރު ސަލްމާން ހާންވަނީ ވީކެންޑްކާވާރ ގައި ބިގްބޮސްގެ ބައިވެރިންނަށް ވަރަށް ރުޅިގަދަކޮށް ވާހަކަދައްކައި އެ މިއަމަލުތައް ކުށްވެރިކޮށް ތަކުރާރު ނުކުރުމަށް ވެސް އެދިފައެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށްވެސް ބައިވެރިންގެ ފަރާތުން އެއަމަލު ނުހުއްޓެއެވެ.

މީގެ އިތުރަށް ބިގްބޮސްގައި ފާހަނގަ ކުރެވުނު ބައެއް ކަންތަކަށް ބަލާއިރު މަޝްހޫރު ޓީވީތަރި ރުބީނާ އައި ފިރިމީހާ އަބިނަވްގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވީނަމަވެސް މި ޝޯވްތެރެއިން މިދެތަރިންގެ މައްސަލަ ހައްލުވެފައިވެއެވެ. މި ޝޯވްގެ ބައިވެރިޔެއް ކަމަށްވާ އަލީގޮނީ އަދި ޖޭސްމިންގެ ދުވަސްވީ އެކުވެރިކަން ލޯތްބަށް ބަދަލުވެފައިވެއެވެ. މީގެ އިރުތުން އީޖާޒް އާއި ޕަވިތްރާ ޝޯވްތެރެއިން ލޯބީގެ ގޮތުން ގުޅި ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭއިރު ޝޯވްގެ އަނެއް ބައިވެރިޔާ ރާހުލް ވަނީ އޭނަގެ ލޯބިވެރިޔާ ދީޝާކައިރިން ކައިވެނިކުރަން އަހާފައެވެ.

މިޝޯވް ފެށިފައިވަނީ 3 އޮކްޓޯބަރ 2020ވަނަ އަހަރުއެވެ. 3މަހަށްވުރެ ގިނަދުވަހަށް ދެމިގެން ދިޔަ ޝޯވް ނިމިގެން ދިޔައީ ފެބްރުއަރީ 21ވަނަދުވަހުގެ ރެއެވެ.

ޓްރޮޕީ އުފުލާލި ރުބީނާ ލީޑް ރޯލުން ފެނިގެން ދިޔައަ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި “ޝަކްތީ އަސްތިތްވާ ކޭ އެހްސާސް ކީ”ހިމެނެއެވެ.