English Edition
Dhivehi Edition

ބިގް ބޮސްގެ ކޮންމެ ސީޒަނެއްގައި ވެސް އެމީހުން އުޅޭ ގެއަށް އަބަދުވެސް ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމާއި ފޯރިއެއް އުފެދޭއިރު، މިގޭގައި ފެނިގެންދަނީ ބިގް ބޮސް ގެ ދަތުރެކެވެ. މާޒީއާއި މިހާރު އަދި މުސްތަގުބަލުގެ އުފެއްދުންތައް އެއްކޮށްލާފައިވާ ބިގް ބޮސް 18ގެ މި ގޭގެ އާ ފީޗާސްތައް ބަލާލަމާ ހިނގާށެވެ.

ބަގީޗާ: ބޮގް ބޮސް ގޭގެ ބަގީޗާ ސަރަހައްދަށް ޝައުގުވެރި ބަދަލެއްވަނީ ގެނެސްފައެވެ. އެއީ މައި ބަގީޗާ ސަރަހައްދާއި ޕޫލް ސައިޑް ދެ ބަޔަކަށް ބަހާލާފައިވާ ތަނެކެވެ. އެ ދެތަން ވަކިކޮށްފައި ހުންނަނީ ރީތި ވޯޓަރ ފޯލްއެއް ކަމުން، މި ތަނަކީ ހިޔާލުތަފާތުވުން ބޮޑު ގޭގެ ހަލަބޮލިކަމުގެ ތެރޭގައި ހަމަޖެހިލައިގެން ފިލައިގެން ދިއުމުގެ ފުރުސަތު ލިބިދާނެ ހަމަޖެހޭ ޖާގައެއް ލިބިގެންދެއެވެ. މުޅި އައުޓްޑޯ އޭރިއާގައި ސަގާފީ ޓާޗެއް އެކުލެވިގެންވާއިރު، ގަދީމީ ޒަމާނުގެ ވައިބް އެއް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

ސިޓިން ރޫމް: ބިގް ބޮސް 18 ގެ ސިޓިންރޫމަކީ ފުޅާ ކޮޓަރިއެކެވެ. މި ސިޓިން ރޫމުގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކާ ގުޅޭ މިޒާޖުގެ ބައިވެރިންނާއެކު، އަމިއްލަ ވާހަކަތައް ދައްކާލެވޭ ވަކި ކަނެއް ހުރެ އެވެ. ބެލްކަނީން މުޅި ސިޓިންރޫމް ފެންނައިރު، ތަފާތު ވެންޓޭޖް ޕޮއިންޓެއް އިތުރުވެގެންދެއެވެ. އެކި އެކި ތަންތަނުގައި ސޯފާތަކާއި އިށީނދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ޝޯ އިންތިޒާމުގެ ކުރާ ފަރާތްތަކުފެ އަމާޒަކީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ކުދި، ވަކި ގްރޫޕްތަކެއް އުފެއްދުމަށް ހިތްވަރު ދިނުމެވެ.

މި ސީޒަނުގައި ބިގް ބޮސް ގެއިން ވަނީ ހޮހަޅައެއް ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޖަލު ސަރަހައްދެއް އަލަށް ތައާރަފްކޮށްފައެވެ. އެތަނުގައި މުބާރާތުގައި ބައިވެރިވާ ފަރާތަށް އެނދާއި ބްލެންކެޓް ފަދަ އަސާސީ ތަކެތި ފޯރުކޮށްދީފައިވެއެވެ. އަދި ޖަލުގައި ފޯނެއް ވެސް ހުންނައިރު، ބިގް ބޮސް އިން އެ ފޯނު ބޭނުންކޮށްގެން ސީދާ އެތެރޭގައި ހުރި މީހާއާ އަމުރުތައް ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެކެވެ. މި ސީޒަނުގައި ޖަލުގައި ތިބި ކޮންޓެސްޓަންޓުންގެ އަދަދު ބަލާލުމަކީ ޝައުގުވެރިވާ ކަމެކެވެ.

ބިގް ބޮސް 18 ގެ ހައުސް ޓުއާ އިން އެކަނިވެސް ޝައުގުވެރިކަން އުފެދޭނެ ކަމުގެ ޔަގީނެވެ، ޝޯގެ ޕްރިމިއާ އަށް ފޭނުން ތިބީ ކެތްމަދުވެފައެވެ. މި ސީޒަނުގެ ހޯސްޓް ސަލްމާން ޚާން މިހާރު ބިގް ބޮސްގެ މަސައްކަތުގައި އުޅެމުން އަންނައިރު، މުބާރާތުގައި ބައިވެރިވާ ފަރާތްތައް މިއަދު އެގެއަށް ވަންނަން ވަނީ ހަމަޖެހިފައެވެ.